ޒަހީނުއްދީން ސަޢީދު   3 ސެޕްޓެމްބަރު 2020 - 22:3
ސްރީލަންކާގެ ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު، ނަމާލް ރާޖަޕަކްސް ދިވެހިރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގުއާ ބައްދަލުކުރައްވަނީ
ސްރީލަންކާގެ ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު، ނަމާލް ރާޖަޕަކްސް ދިވެހިރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގުއާ ބައްދަލުކުރައްވަނީ
ސްރީލަންކާގެ ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު، ނަމާލް ރާޖަޕަކްސަ ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި މިއަދު ބައްދަލު ކުރައްވައި ދިވެހި ބަހުން ޓްވީޓް ކުރައްވައިފިއެވެ.

ސްރީލަންކާގެ ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު، ނަމާލް ރާޖަޕަކްސް ދިވެހިރާއްޖެ އިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތައް ޓްވިޓާގައި ނަމާލް ހިއްސާ ކުރެއްވީ ދިވެހި ބަހުންނެވެ. ނަމާލް ވިދާޅުވީ، ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި، ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ސަފީރާ ބައްދަލުކޮށްލެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަަމަށް ނަމާލް ވިދާޅުވެފައިއެވެ.

ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސްގެ ދަރިކަލުން ނަމާލް ވިދާޅުވީ، ރާއްޖެއާ ލަންކާ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި، އަބަދުވެސް އެ ގުޅުން ދެމި އޮންނާނެ ކަމަށެވެ. މި ސަރުކާރުން އައި ފަހުން ނަމާލް ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާ ސަރުކާރުގެެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.



ނަމާލްއަކީ ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްއާވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއް ކަން ފާހަގަކޮށްލެވެއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލަންކާގެ މިނިވަން ދުވަހުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވުމަށް އެ ގައުމަށް ވަޑައިގެންފައެވެ.

އަވަށްޓެރި ގައުމު ތަކުގެ އިސް ވެރިންގެ ތެރެއިން ދިވެހި ބަހުން މިފަދަ ޓްވީޓެއް ކުރައްވައިގެން އެންމެ ފަހުން ދިވެހީންގެ މަގުބޫލުކަން ހޯއްދެވި އެއް ވެރިއަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން