ޔޫކްރޭންގެ މުއްސަނދިކަމަށް ދަހިވެތިވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ހާމަކުރައްވައިފިއެވެ.
ޓްރަމްޕު ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން ޔޫކްރޭނަށް ފޯރުކޮށްދޭ ބިލިޔަން ޑޮލަރުގެ އެހީގެ ބަދަލުގައި ޔޫކްރޭނުގެ ގުދުރަތީ މުއްސަނދި ކަމުގެ ބައެއް އެމެރިކާއަށް ލިބެންޖެހޭނެކަމަށެވެ.
ރައީސް ޓްރަންޕް ވިދާޅުވީ އެމެރިކާއިން ޔޫކްރޭނަށް ބިލިޔަން ޑޮލަރު އޮއްސަމުންދަނީ އެމެރިކާއަށްވެސް ފައިދާވާނެ "ޑީލަކަށް" ކަމަށެވެ.
ޔޫކްރޭނަކީ ބިމުގެ މުއްސަނދިކަން ބޮޑު ގައުމެއް ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ އެގައުމުގެ ބިމުގެ މުއްސަނދިކަމަށް ދަހިވެތިވެފައިވާ މިންވަރު ހާމަކުރައްވާފައެވެ. އެގޮތުން ޓްރަމްޕު ވިދާޅުވީ ޔޫކްރެއިންގެ ބިމުގައި ވަރަށް މަދުން ނޫނީ ނުފެންނަ މައުދަންތައް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ.
"އެމެރިކާއިން ޔޫކްރޭނަށް ބިލިޔަން ޑޮލަރު އޮއްސަމުން މިދަނީ އޭގެ ބަދަލު ނުލިބޭނެ ގޮތަކަށް ނޫން. އަހަރެމެން ޔޫކްރޭނުގެ ބިމުގެ މުއްސަނދިކަމުން ބައެއް ބޭނުން. އެކަމަކު ކާކަށް އެނގެނީ މާދަމާ ކަންތައްވާނެ ގޮތެއް. ފަހަރެއްގައި މުސްތަގުބަލުގައި މުޅި ޔޫކްރޭން ރަޝިޔާގެ ބަޔަކަށްވެސް ވެދާނެ،" ރައީސް ޓްރަންޕް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވިފަހުން ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތިކުރަމުންދާ ޓްރަމްޕު މިހާރު ޔޫކްރޭނަށް ލޯ އެޅުމުގެ އިތުރުން ފަލަސްތީނުގެ ޣައްޒާއަށްވެސް ދަނީ ލޯއަޅަމުންނެވެ. އެގޮތުން ފަލަސްތީން އެމެރިކާގެ އަތްދަށުލުމުގެ ޕްލޭންތައްވެސް ހަދަމުންދަާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު