އަހުޒަމް އަޙްމަދު   13 ފެބްރުއަރީ 2025 - 15:18
މީގެ ކުރިން ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިން--
މީގެ ކުރިން ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިން--
ހުޅުމާޅޭގެ ހައިވޭގައި ކާރަކާއި ދެ ސައިކަލު ޖެހި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު އަށެއް ޖަހަން އުޅެނިކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ހައިވޭގެ ހުޅުމާލެއިން މާލެ އަންނަ ފަޅީގައި ކާރެއް ސައިކަލުގައި ޖެހުމުން ކަމަށެވެ. އަދި އެއާއެކު ކާރުގައި ޖެހުނު ސައިކަލު އެހެން ސައިކަލެއްގައި ވެސް ޖެހުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން