މުސްލިމުން ދީނަށްޓަކައި އިޒްރޭލުގެ އުފެއްދުންތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރަމުންދާއިރު، ސައޫދީ އަރަބިއްޔާގެ މައްކާއާއި މަދީނާގައި ހައްޖުވެރިން ތިބޭ މަޝްހޫރު ގިނަ ހޮޓާތަކަކީ ވެސް އިޒްރޭލާ ގުޅުން އޮންނަ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތަކުގެ މިލްކިއްޔާތެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އިޤްތިޞާދީ ނިޒާމު ހިނގަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އިޒްރޭލު ބޮއިކޮޓް ކުރުމުގެ އަޑުތައް ގަދަވެފައިވީ ނަމަވެސް މިއަދުގެ ހިތި ހަގީގަތަކީ މުސްލިމުންގެ އެންމެ މާތް ދެ ބިމުގައި ހިންގާ ހޮޓާތަކުގެ ހިއްސާ ވެސް ބައިނަލްއަޤްވާމީ ބޮޑެތި ޔަހޫދީ ކުންފުނިތަކަށް އޮތުން ކަމަށެވެ.
ނަސީމް ފާހަގަކުރެއްވި ގޮތުގައި މައްކާއާއި މަދީނާގައި ހައްޖުވެރިންނާއި އުމްރާވެރިން ބޭނުންކުރާ މަޝްހޫރު މެރިއޮޓްގެ 14 ހޮޓަލަކާއި، ހިލްޓަން ބްރޭންޑުގެ 12 ހޮޓަލެއް އަދި ފްރާންސްގެ އެކޯ ގްރޫޕުގެ 12 ހޮޓަލަކީ އިޒްރޭލުގެ މަސްލަހަތު އޮންނަ ވޭންގާޑް، ބްލެކްރޮކް، މޯގަން ސްޓެންލީ އަދި ޖޭޕީ މޯގަން ފަދަ ދުނިޔޭގެ އެންމެ ބޮޑެތި އިންވެސްޓްމަންޓް ފާމްތަކުގެ ބޮޑު ހިއްސާއެއް އޮންނަ ތަންތަނެވެ.
"މަމެން ދީނަށްޓަކާ އިޒްރޭލު ބޮއިކޮޓުކުރާއިރު، ސައޫދީގެ މައްކާމަދީނާގަ ހައްޖުވެރިންތިބޭ ހޮޓާތައް (މެރިއޮޓް 14 ހޮޓާ) އަދި (ހިލްޓަން 12 ހޮޓާ) އަދި ފްރާންސްގެ އެކޯރގްރޫޕު (12 ހޮޓާ) ތަކަކީ އިޒްރޭލުގެ ވޭންގާރޑް، ބްލެކްރޮކް، މޯގަންސްޓޭންލީ، ޖޭޕީމޯގަންެ މިލްކިއްޔާތު! މީ ހިތިހަގީގަތް ދޯ،" ނަސީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ނަފާ ނަސީމް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މި ސަރުކާރުގެ އެންމެ ބިޔަ އަދި ތާރީޚީ އެއް މަޝްރޫޢު ކަމުގައިވާ ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަސައްކަތް، ޔޫއޭއީގެ ދުނިޔެ ޤަބޫލުކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ޙަވާލުކުރުމާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިދިކޮޅު ފަރާތްތަކުން މި އެއްބަސްވުމާމެދު ސުވާލު އުފައްދައި، ކުންފުންޏާ ގުޅުވައިގެން އެކި ތުހުމަތުތައް ފަތުރަމުން ދިޔަނަމަވެސް، ސަރުކާރުން ބުނަމުންދަނީ މި މަޝްރޫޢަކީ ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދާއިމީ ޙައްލަށްޓަކައި އެޅޭ އިންޤިލާބީ ފިޔަވަޅެއްގެ ގޮތުގައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، އީގަލް ހިލްސް ފަދަ މާލީ ގޮތުންނާއި ފަންނީ ގޮތުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ކުންފުންޏަކާ މި މަސައްކަތް ޙަވާލުކުރެވުނީ، ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ލިބޭނެ ގޮތަށެވެ. އަދި ދަޢުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން، ރަސްމާލެ މަޝްރޫޢު ނިމިގެންދާއިރު އެތަން ވެގެންދާނީ ދެމެހެއްޓެނިވި ތަރައްޤީއާއި ޒަމާނީ ފަސޭހަތައް އެކުލެވޭ، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލު ބަދަލުކޮށްލާނެ އިކޯ ސިޓީއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު