ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވި ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި ފެން ހިންދި، ހާލަތު މަޑުމަޑުން ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ހއ. އަދި ހދ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ރަށްރަށުގައި މިހާރު ދަނީ ފެން ހިންދުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެގެން ކުރިއަށް ގެންދިޔަ ފެން ހިންދުމުގެ މަސައްކަތް މިހާރު މެދުކަނޑާލާފައިވާ ކަމަށާއި، މިވަގުތު އެ ރަށުގެ ހާލަތު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. ކުޅުދުއްފުށިން އެއްވެސް މީހަކު ކައުންސިލުން ހަމަޖައްސާ ވަގުތީ ހިޔާއަކަށް ބަދަލުވާން ޖެހިފައި ނުވިނަމަވެސް، ފެންވަދެ ގެއްލުން ލިބުމުގެ ސަބަބުން ދެ ގެއެއްގެ މީހުން ވަނީ ގެސްޓްހައުސްތަކަށް ބަދަލުވެފައެވެ.
ހދ. ނޮޅިވަރަމަށް ބަލާއިރު، އެ ރަށަށް ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ރަށުން ފެން ހިންދުމަށްޓަކައި 2 ޕަންޕު ބޭނުންކުރުމުގެ އިތުރުން، 6 ކޯރު ކަނޑައިގެން މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
ހަމައެއާއެކު، ހދ. ނޮޅިވަރަންފަރަށް ވާރޭ ވެހުން ހުއްޓާލުމާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން މިހާރު ފެން ހިނދިފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ. އަދި މިހާރު އެ ރަށުގައި ކުރިއަށްދަނީ ފެން ވަދެފައިވާ ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތެވެ.
ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭވެހުން ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން ހިނދެމުންދާ ކަމަށާއި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތާއި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެ ރަށުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކި ރަށްރަށުގައި ފެންބޮޑުވެ، ރައްޔިތުންގެ މުދަލަށާއި ގެދޮރަށް އެކިވަރުގެ ގެއްލުންތައް ވަމުންދާތީ، ސަލާމަތީ ބާރުތަކާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު