މާލެ ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން--
މާލެ ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން--
ރޯދައަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށަން ނިންމައިފި އެވެ.

"ރޯދަ ސާފު"ގެ ނަމުގައި ލޯކަލް ގަވާމަންޓް މިނިސްޓްރީއާއި ގައުމިއްޔަތު މިނިސްޓްރީ ގުޅިގެން ހިންގާ އެ ހަރަކާތް ފަށާނީ މާދަމާކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

މާދަމާ ހެނދުނު 6.15 ގައި ފަށާ އެ ހަރަކާތުގައި މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށް ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ ހަރަކާތުގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އައިޖީއެމްއެޗާއި މާލެ ސިޓީ ކައުންސިލްވެސް ބައިވެރިވާ ކަމަށެވެ.

ސާފު ކުރުމުގެ މަސައްކަތަށް ބޭނުންވާ އަންގިއާއި، ގޯންޏާއި، ބޯފެން ފަދަ އެއްޗެހި މިނިސްޓްރީން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން