މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި، އެ ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭގެ 14 ބިމެއް ސިޓީ ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މި ހިނގާ މަހުގެ 15 ގައެވެ. ސަރުކާރުން މި ބިންތައް ނަގަން ނިންމީ ކައުންސިލުގެ އެއްބާރުލުން ނުލިބި، އެ ތަންތަނުގައި ހިންގަން ރޭވި މަޝްރޫއުތައް ކުރިއަށް ނުދާތީ ކަމަށް ބުނެއެވެ. ނަމަވެސް، މި ނިންމުމާ ދެކޮޅަށް ކޯޓަށް ދިޔުމަށް ސިޓީ ކައުންސިލުން ނިންމީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެފައިވާތީ، އެ މަޝްރޫއުތަކުގެ ތަފުސީލުތައް ހިއްސާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ.
"ބިމާ ގުޅޭ ގޮތުން ހުރި ގާނޫނުތަކުގައި މި ފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އަޅުގަނޑުމެން މިއަދު ވާނީ ކޯޓަށް ވެސް ހުށަހަޅާފައި." މީކާއިލް ވިދާޅުވިއެވެ.
އޭނާ ވަނީ، މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ އެންގުމަށް އެދިފައިވީ ނަމަވެސް، އެ ފަދަ ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅޭނީ އެ ބިންތަކުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލީ މައުލޫމާތު އެނގިގެން ކަމަށް އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް މީގެކުރިން ކައުންސިލުން ވަނީ ނިންމާފައެވެ.
ސަރުކާރުން ނެގުމަށް ނިންމާފައިވާ 14 ބިމުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކު، ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓާއި އެ ސަރަހައްދުން ހިއްކާފައިވާ ބައި، ލޯކަލް މާރުކޭޓު، ސިޓީ ކައުންސިލްގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން، ބޮނޑިބަތް ޕާކު އަދި ރަސްފަންނު ހިމެނޭ ސަރަޙައްދެވެ.
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު