ލަންކާ ކައިރިން ތެޔޮ ޓޭންކަރުގައި ރޯވެ އަނދަނީ: (ފޮޓޯ ދަ އިކޮނަމިކް ޓައިމްސް)
ލަންކާ ކައިރިން ތެޔޮ ޓޭންކަރުގައި ރޯވެ އަނދަނީ: (ފޮޓޯ ދަ އިކޮނަމިކް ޓައިމްސް)
ލަންކާގެ އިރުމަތީ ފަރާތު ބޭރުން އިއްޔެ ހެނދުނު އަލިފާން ރޯވި ތެޔޮ ޓޭންކަަރުގައި ހުރި ތެޔޮތައް ކަނޑަށް އެޅި އެތެލުގެ އަސަރު ރާއްޖެ އާއި ހަމައަށް ވެސް ފޯރަފާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ސަމާލު ވުމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ނަސީމް، ކެރަފާ ނަސީމް ގޮވާލައްވައިފިއެވެ.

ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާއަށް ދަތުރު ކުރަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން އިއްޔެ ހެނދުނު އަލިފާން ރޯވި ތެޔޮ ޓޭންކަަރުގައި ހުރި ތެޔޮތައް ކަނޑަށް އެޅެން ފެށުމުން ރާއްޖެ އާއި ހަމައަށް ވެސް އެތެޔޮ ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ވަނީ ދީފައެވެ.

އަނދަމުންދާ ޓޭންކަރު މިހާރު އޮތީ ލަންކާގެ އިރުން 20 މޭލު ބޭރުގައެވެ. ޓޭންކަރުގައި ރޯވެ އަނދަން ފެށިއިރު ކަނޑަށް ތެޔޮ ލީކު ނުވި ނަމަވެސް އިއްޔެ އިރުއޮއްސުނުއިރު ކޮންމެވެސް ވަރަކަށް ޓޭންކަރުން ކަނޑަށް ތެޔޮ ލީކްވާން ފަށައިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަލިފާން ރޯވެގެން އުޅޭ ޓޭންކަރުގައި ދެ މިލިޔަން ފީފާގެ ސާފު ނުކުރާ ތެޔޮ އެބަހުރި ކަމަށް ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކުރެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެޔޮ ޓޭންކަރުން ބޭރުވާ ތެޔޮ ރާއްޖެއަށް ފޯރަފާނެތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މިއީ ވަރަށް ބޮޑު ކާރިސާއަކަށްވުން އެކަށީގެންވާ ކަމަށް ވެސް ނަސީމް ވިދާޅުވެފައިވެއެވެ.

ތެޔޮ ޓޭންކަރުގައި ރޯވިއަލިފާންގަނޑު ނިއްވައިލުމަށް ލަންކާއިން އެހީތެރިކަމަށް އެދުމުން އިންޑިއާއިން ވަނީ ތިން މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއް އެ ސަރަހައްދަށް ފޮނުވައިފަ އެވެ. ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައިވާ ރަޝިއާގެ މަނަވަރުތަކެއް ވެސް އަލިފާން ނިއްވުމުގައި މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ތެޔޮތައް ކަނޑަށް އެޅެން ފަށައިފިނަމަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވެސް މިހާރު ރާވަމުންދާ ކަމަށެވެ. އެންމެ ގޯސް ހާލަތުގައި ދިމާވެދާނެ ކަންކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވީ އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓަރުކޮށްްގެން އެގައުމުގެ ޕްރަދީޕް ބަނދަރަށް ދަތުރުކުރަނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން