ހިލޭ ޑިގްރީއަށް ކިޔެވޭގޮތަށް ކުރީ ސަރުކާރުން ފެށި ޕްރޮގްރާމަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ވައުދެއްކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މީގެ 6 އަހަރު ކުރިން އިފްތިތާހުކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ އެއްކަންތައް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދުވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާކަން ފާހަގަ ކުރައްވައި ޞާލިޙް ވަނީ ތައުލީމަކީ ހަމަހަމަކަން ގެނެސްދޭ އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

އަދި ތައުލީމްގެ ސަބަބުން ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށްދިއުމަށާއި ގައުމު ބިނާކުރުމަށް ފުރުސަތައް ހުޅުވާލައިދޭ ކަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ކާމިޔާބީއަކީ އެކަމުގެ ހެތްކެއް ކަމަށް ރައީސް ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.



އެއާ ގުޅުވައި މުޙައްމަދު ވަޙީދު އެކްސްގައި ވިދާޅުވީ، ކުރިން ހިލޭ ބޭސްފަރުވާ، އަދި މިފަހަރު ހިލޭ ޑިގްރީ ޕްރޮގްރާމް ހިމަނަންވާނެކަމަށާ މިހާރު އެވަރަށް ޓެކްސް ވަދެޔޭ ވިދާޅުވީ ސީދާ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އަދި އެމަނިކުފާނު އެހެން ވިދާޅުވިއިރު ލިޔަން ތިބީ ވަޙީދުމެންކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސީދާ ރައިސް މުޙައްމަދު ނަޝީދުގެ ވައުދެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން