މަތީ ތައުލީމުދޭ ތަންތަނުގެ ފެންވަރު ހިފަހައްޓަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްވައިފި އެވެ.
ފަހަކަށް އައިސް މަތީ ތައުލީމު ދޭ ތަންތަނުގެ ފެންވަރު ދަށްވާކަން ފާހަގަކުރެވޭ ކަމަށްބުނެ ރޭ ކުރިއަށް ދިޔަ ވަޒީރުންގެ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިސްޓްރީގެ މެންޑޭޓުގައި ވެސް ރާއްޖޭގައި ދެވޭ މަތީ ތައުލީމަކީ ފެންވަރު ރަނގަޅު ތައުލީމަކަށް ހެދުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމެނޭ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ކަމަކަށް މިނިސްޓްރީން ކުރާކަމަކީ ރާއްޖޭގައި މަތީ ތައުލީމު ދޭ އިންސްޓްއިޓްތަކުގެ ފެންވަރާއި ސަރާރުން ކަނޑައަޅާފައިވާ ފްރޭމްވޯކުގެ ތެރެއިން އެތަންތާނގެ ކޮލިފިކޭޝަން ފްރޭމްވޯކު ކުރިއަށް ދޭތޯ ބެލުން ކަމަށެވެ.
އެގޮތުން ކޯހެއް ފެށުމުގެ ކުރިން ވެސް އަދި ނިމުމުގެ ކުރިންވެސް އެ ކޯހެއްގައި ކިޔަވައިދެވުނީ ރަނގަޅަށްތޯއާއި ކަނޑައެޅިފައިވާ މިންގަނޑަށްތޯ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިކަންތައް ޔަޤީންކުރުމުގައި އަޅުގަނޑުމެންނަށް އެބަހުރި ބައެއްކަހަލަ ގޮންޖެހުންތައް. އެ ގޮންޖެހުންތަކުން އަރައިގަނެ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ވަކިން ޚާއްޞަކޮށް އަމިއްލަ ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކިޔަވައިދޭއިރު ކިވައިދެނީ ކަނޑައަޅާފައި ހުރި މިންގަނޑުތަކަށް، ކޮލިފިކޭޝަން ފްރޭމްވޯކްގެ ތެރެއިންތޯ ޔަޤީންކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު