މަރްޔަމް ނަހްދާ ވަޙީދު   18 ފެބްރުއަރީ 2025 - 18:17
ރ. މަޑުއްވަރި- ގޫގުލް އިމޭޖެސް
ރ. މަޑުއްވަރި- ގޫގުލް އިމޭޖެސް
ރ. މަޑުއްވަރި އާއި މީދޫ އަށް އެ އަތޮޅުގެ ދެ ފަޅުރަށެއް ސަރުކާރުން ދޫކޮށްފިއެވެ.

އެގޮތުން މަޑުއްވަރީ އަށް ދޫކޮށްފައި ވަނީ އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އެވެ. އަދި މީދޫ އަށް ދޫކޮށްފައިވަނީ ތާވަތާ އެވެ.

މަޑުއްވަރީގެ ބައެއްގެ ގޮތުގައި އުފުލަންދޫ އަދި މީދޫގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސައި ރައީސް ނެރުއްވި ގަރާރު މިއަދު ވަނީ ގެޒެޓު ކޮށްފައެވެ.

ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޑުއްވަރީ އާއި މީދޫ އަކީވެސް ޖާގައިގެ ދަތިކަން ބޮޑު ރަށްތަކެއް ކަމަށާއި، އެހެންވެ އެ ދެ ފަޅުރަށް މީދު އާއި މަޑުއްވަރީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސުމުން ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން