ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް--
ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް--
ދެ އަހަރު ތެރޭގައި ދިވެހި ބަހުގެ އެކެޑަމީން 160 އާ ލަފުޒު ހަދައިފި އެވެ.

ބަހުގެ އެކެޑަމީން މިއަދު ގެެޒެޓްގައި ވަނީ ދެ އަހަރު ތެރޭގައި އުފެއްދި އާ ލަފުޒުތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި 2023 ވަނަ އަހަރު އުފެއްދި 88 ލަފުޒާއި މިދިޔަ އަހަރު އުފެއްދި 72 ލަފުޒު ހިމެނެ އެވެ.

ޒަމާނާއެކު ބޭނުންކުރަމުންދާ އިނގިރޭސި ލަފުޒުތަކަށް ވެސް ވަނީ ދިވެހި އާ ލަފުޒުތައް ހަދައިފައެވެ. އެގޮތުން "ވިޝަން"އަށް ދިވެހި ބަހުން ހެދި ލަފުޒަކީ "މާރެސް" އެވެ.

އަަދި އިނގިރޭސި ބައެއް ލަފުޒުތައް ވަނީ މާބޮޑު ބަދަލެއް ނުގެނެސް ދިވެހި ބަހުގެ ލަފުޒުގެ ގޮތުގައި ހިމަނައިފަ އެވެ. އެގޮތުން އިނގިރޭސި ލަފުޒު "ވޭޕް"ގެ ދިވެހި ލަފުޒަކީ "ވޭޕު" ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެފަދަ ބަސްތަކުގައި ބަދަލަކަށް ގެނެސްފައި ވަނީ ފިއްޔެކެވެ.

ބަހުގެ އެކެޑެމީން އާ ބަސްތައް ހަދަމުންދާ އިރު ބައެއް ބަސްތައް ކަމުނުދާ ކަމަށް ބުނެ ފާޑުކިއުންތައް ވެސް އަމާޒުވެފައި ވެއެވެ.

ނަމަވެސް މި ފަހަރު އާންމުކުރި އާ ލަފުޒުތައް ރަނގަޅުކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން