ޓައިފޫން މޭސަކްގައި ޖެހި 43 ފަޅުވެރިންނާއި 5800 ގެރިޔާއެކު ކަނޑުމަތިން ގެއްލުނު ޖަނަވާރު އުފުލާ އުޅަނދެއް ހޯދުމުގެ މަސައްކަތް ޖަޕާނުގެ ކޯސްޓު ގާޑުން ކުރަމުންދާ ކަމަށް ސީއެންއެންއިން ބުނެފިއެވެ.

ޖަޕާނުގެ ކޯސްޓްގާޑާއި ހަވާލާދީ ސީއެންއެންއިން އެންމެ ފަހުން ބުނީ ގެއްލުނު އުޅަނދުގައި ތިބި 43 ފަޅުވެރިންގެ ތެރެއިން 2 މީހަކު ކަނޑުމަތިން މިހާރު ފެނިފައިވާ ކަމަށެވެ. އޮޔާ ދަނިކޮށް ކަނޑުމެތިން ނެގި ދެމީހުން ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ޖަޕާނުގެ ކޯސްޓު ގާޑުން ހާމަ ކުރާ ކަމަށް ސީއެންއެންގައި ރިޕޯޓް ކޮށްފައިވެއެވެ.

މި އުޅަނދު ކަނޑުމައްޗަށް ގެއްލިފައިވަނީ ޗައިނާގެ އިރުމަތީ ކަނޑާ ދިމާއިން އެރި ގަދަ ތޫފާން، ޓައިފޫން މޭސަކް ގެ ސަބަބުންނެވެ. ޖަޕާނުގެ އަމާމީ އޮށިމާ ނަމަކަށް ކިޔާ ރަށުން މަރުވެފައި އޮތް ގެރިއެއްވެސް ފެނިފައިވާކަަމަށް ޖޕާނުގެ ކޯސްޓް ގާޑުން ހާމަ ކުރެއެވެ. ނަމަވެސް މިނޫން އިތުރު އެހެން އެއްވެސް ގެރިއެއް އަދި ފެނިފައި ނުވާކަމަށްވެސް ވެއެވެ.

އޮގަސްޓް 17 ވަނަ ދުވަހު، ކާގޯގެ ގޮތުގައި 5800 ގެރިޔާއި، ކްރޫއިންގެ ގޮތުގައި ފިލިޕީންސްގެ 39 މީހުންނާއި، ނިއުޒިލޭންޑްގެ 2 މީހުންނާއި، އޮސްޓްރޭލިއާގެ 2 މީހުންނާއެކު ނިއުޒިލެންޑުން ފުރި މި އުޅަނދު ދަތުރުކުރަމުން ދިޔައީ ޗައިނާގެ ޓަންގޝަން އަށް ކަމަށް ޖަޕާން، އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގެ އިދާރާތަކުން ބުނާކަަމަށް ސީއެންއެން އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން