ޕީޓްރަލް ހޮޓާ ހިންގި ސަރަަހައްދުގަ ކައިރީގައި ހުންނަ ބޮޑު ނިކަގަސް ކަނޑާލަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދިން ނަމަވެސް އެ ގަސް ކަނޑާލުމުގެ ވިސްނުން އަދި ނެތް ކަމަށް މާލޭގެ މޭޔެރު އާދަަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ތިރީސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ނިކަ ގަހާ ހެދި ގޭގޭގެ އިމާރާތްތައް ހަލާކުވަމުންދާތީ ޝަކުވާތައް ސިޓީ ކައުންސިލަށް ހުށަހަޅަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އެހެންވެ އެ ގަސް ކަނޑާލުމުގެ ހުއްދަ އީޕީއޭއިން އޮތީ ދީފަ އެވެ.
އެ ގަސް ކަނޑާލަން މަސައްކަތް ފަށައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މޭޔަރު އާދަމް އާޒިމް މިއަދު "ރަސް"އަށް ވިދާޅުވީ އެ ގަސް ކަނޑާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
"އަދި މި ވަގުތަށް މި ކޮށާލަނީ. އެއީ އެ ގަސްތަކުގެ އޮފިތަކުން ލާފަ މީދާ ވެސް އެބަ ވަދެ ހަދާތީ ގޭގެއަށް ވަރަށްއުނދަގޫވޭ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު މި ހަފްތާގައި ރާއްޖޭގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގައި ހުރި ބައެއް ގަސްތަކާ ހުރެ ބޮޑެތި ގެއްލުންތަކެއް ގެތަކަށާއި މިސްކިތްތަކަށް ވެސް ވަންނަމުންދާ ކަމަށެވެ. އެހެންވެ އެފަދަ ގަސްތަކުގެ އެސެސްމަންްޓެއް ހަދައި އުނދަގޫވާ ގޮތަށް ހުރި ގަސްތައް ނަގައި އާ ގަސްތައް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު