ފުލުހުންގެ “ބްލޫސް” ހައުސިން މަޝްރޫޢަށް އެތެރެކުރި 24 އުޅަނދު ގެއްލިފައިވާތީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދުތައް އެތެރެ ކޮށްފައިވަނީ 2014 އިން 2017 އާ ދެމެދުގައި ނޫމަޑި/އައިލެންޑް އެކްސްޕާޓުންނެވެ. މިއީ ފުލުހުންގެ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ޓެކްސް ނުދައްކައި އެތެރެކޮށްފައިވާ އުޅަނދުތަކެކެވެ.
މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ކޮމިޓީން މިހާރު ވަނީ އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ކޮން ފަރާތެއްގެ ނަމުގައިތޯ އޮޅުންފިލުވައި ދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ސިޓީއަކުން ދަންނަވާފައެވެ.
ގެއްލިފައިވާ އުޅަނދުތަކުގެ ތެރޭގައި 14 ކްރޭން ލޮރީ އާއި، ދެ ސައިކަލާއި ދެ ވޭނާއި ކާރަކާއި ތިން ޓަވަރ ކްރޭން އާއި އޮވާ ހެޑް ޓްރެވެލިން ކްރޭނެއް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ “ބްލޫސް” ހައުސިން މަޝްރޫޢަށް އެތެރެކުރި އުޅަނދުތަކެއް ގެއްލިފައިވާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި "ބްލޫސް ހައުސިން" ގެ ނަމުގައި ތަރައްގީކުރި ފްލެޓް މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.
އެގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އަދި މި މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މަޝްރޫޢުން 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ. އެ މައްސަލަ އޭސީސީން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު