މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހަނިމާދޫ އެއާޕޯޓުން ހަތަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ހަތަރު ޒުވާނުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަޜޭޝަނެއްގެ ތެރެއިންނެވެ.
އެ މައްސަލައިގައި އަންހެނަކު ވެސް ހައްޔަރުކުރި އިރު ފުލުހުން މިއަދު ވަނީ އެ އެންމެންގެ ވަނަވަރުވެސް އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ؛
- ނ. ވެލިދޫ / މޯނިންގސަން، ފާތިމަތު ޝާހާ ހަސަން (20އ)
- ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ)
- ސ. ފޭދޫ / ރަތްވިލާގެ، މުހައްމަދު ރިލުވާނު އަބްދުއްސައްތާރު (22އ)
- އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް އަލީ ވަޙީދު (28އ) އެވެ.
ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުުނު ކަމަށާއި އެ ތަކެތީގެ ބަރުދަނަކީ 13.85 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން އެ ހަތަރު މީހުންގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިދީފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު