ޒަމާނީ ފެންވަރަށް މުލަކަތޮޅު މުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފި އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު އާރްޑީސީން ވަނީ ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ 68 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ކަނބާހިނގުމުގައި މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި މީގެ އިތުރުން ހުސޭނީމަގުގައި ސްޓޯރމް ވޯޓަރ ޓޭންކް މަތިގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓޯމް ވޯޓަރ ނެޓްވޯކް އާއި ޓޭންކްތަކުގެ އިތުރުން ކޭބަލް ޖަންކްޝަން އަދި ނެޓްވޯކްގެ މަސައްކަތް ނިމިފައިވާކަމަށްވެސް އާރުޑީސީން ވަނީ ހާމަކޮށްފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި ދުވާރު ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތުގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން