ތަފާތު އެކި ދާއިރާތަކުން ދެގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާ ކުރަން ލަންކާއާއެކު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް، އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރ ހަލީލް އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ލަންކާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
ހާއްސަ ގޮތެއްގައި ރާއްޖޭގެ ތައުލީމާއި މީހުން ބިނާކުރުމަށް ލަންކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް ފުޅާކުރައްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގެ ތެރެއިން ލަންކާގެ ބޮޑުވަޒީރު ދެއްވާފައިވާ ކަމަށެވެ.
މާދަމާގެ ނިޔަލަށް ހަލީލް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތަ ހޭރަތުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުގެ ތެރެއިން މިނިސްޓަރ ހަލީލް އިއްޔެ ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތު އާ ވެސް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން ލަންކާ އާއި ރާއްޖެ ގުޅިގެން ޓޫރިޒަމާއި ތައުލީމާއި އިގުތިސާދު އަދި ސަލާމަތީ ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އިއްޔެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފޮރިން މިނިސްޓަރ ހަލީލް ވަނީ މިއަދު ލަންކާގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލު ކުރައްވާފައެވެ.
އަދި މިރޭގެ ވަގުތެއްގައި މިނިސްޓަރ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު