އަލިފާން ރޯވި ގެ
އަލިފާން ރޯވި ގެ
އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު

މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު މިއަދު ފަތިހު 05:11 ކަންހާއިރު ލިބުމާއެކު އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދިޔަކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރފައިޓަރުން ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ނަމަވެސް ގޭގެ ވެރިފަރާތުން ބުނީ އަލިފާނުގައި މުޅި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން