ހުޅުމާލެ-
ހުޅުމާލެ-
ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހުރި ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވިދާޅުވީ، އެ ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"ސީރިއަސް އަނިޔާތަކެއް އެއްވެސް މީހަކަށް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސަރވިސަސް އިން މަޢުލޫމާތު ދޭ. އަދި މިހާދިސާ އެ ކެފޭގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވޭ،". އެންޑީއެމްއޭއިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް