ރޯދައަށް ގެދޮރު ޒިނާތްތެރިކޮށް ފަރުނީޗަރު ހޯދުން ފަދަ ކަންކަމުގައި އިސްރާފުނުކުރަން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.
ރޯދައަށް ގެދޮރު ޒީނަތްތެރިކުރުމާއި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ބަދަލުކޮށް އާކުރުމަކީ ދިވެހީންގެ މެދުގައި އާންމު ކަމެކެވެ.
އެހެންވެ އެކަމަށް އިޝާރާތްކޮށް މިއަދުގެ ހުތުބާގައި ބުނީ ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމާކުރުމުގައި ނޫންކަމަށެވެ،
ނަމަވެސް އެފަދަ ކަންކަން ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.
"ނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން ކުރާންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުން ކަމަށެވެ. އަދި ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރަން ހުތުބާގައި އިރުޝާދު ދީފައި ވެއެވެ.
އޭގެ އިތުރުން ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވުމަށް ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
"ރޯދަހިފާން ޖެހޭ ގޮތަށް ރޯދަ ނުހިފާ ނަމަ، މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ހަމައެކަނި ބަނޑުހައިހޫނުކަމާއި ކަރުހިއްކުންލިބޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!" ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު