ނަފްސާނީ ހެލްޕްލައިން--
ނަފްސާނީ ހެލްޕްލައިން--
ނަފްސާނީ ފުރަތަމައެހީ ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީން އިފްތިތާހުކުރި ހެލްޕްލައިން، 1677 އަށް އަހަރެއް ފުރުނުއިރު 3000 އަށް ވުރެ ގިނަ ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސައްވީސް ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ނަފްސާނީ ހެލްޕް ލައިން އިފްތިތާހުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މިއީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވެ ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމުގެ ގޮތުން ތައާރަފްކުރި ހެލްޕް ލައިނެކެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އަހަރެއްގެ ތެރޭގައި އެ ހެލްޕްލައިނުން 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ހާއްސަ ފަރުވާއަށް ރިފާ ކޮށް، ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ހެލްޕްލައިންގެ ހިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން