ހުޅުމާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ ހުޅުމާލެ، ފޭސް 1ގައި ހުންނަ "ފްރިޒް" ގުދަނުގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ރޭ 00:36 ހާއިރު ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ 01:03 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް އެ ގުދަނެއް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
އިއްޔެ ވަނީ އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ވެސް އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު