ރޯދަ ހަދިޔާ ބަހަނީ- ގޫގުލް އިމޭޖެސް
ރޯދަ ހަދިޔާ ބަހަނީ- ގޫގުލް އިމޭޖެސް
މަސްދަޅު ކޭސް ބަހަން ޓޯކަން ދޫކުރުމަށް "ރޯދަ ހަދިޔާ" ގެ ނަމުގައި ހާއްސަ ޕޯޓަލް އެއް ތައާރަފް ކޮށްފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި މި ޕޯޓަލް ގެ ލިންކު ހިއްސާ ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އިރުއޮއްސި ހައެއް ޖެހުމުން ޓޯކަން ނަމްބަރު ދޫކުރަން ފަށާނެ ކަމަށެވެ.

ތިރީގައި މިވާ ލިންކު މެދުވެރިކޮށް ޕޯޓަލް އަށް ވަދެވޭނެއެވެ.

https://roadhahadhiya.mv/

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އެގޮތުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑަށް 8:00 އިން މެންދަމު 12:00 ޖެހުމާ ހަމައަށެވެ.

މަސްދަޅު ކޭސް ދޫކުރާނީ އައިޑީކާޑާއި އެއް މަހުގެ ކަރަންޓު ބިލު ގެންދިއުމުންނެވެ. އަދި ކޮންމެ މީހަކަށް ގިނަ ވެގެން ދޫކުރަނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި 13 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިނިސްޓްރީން ނިންމާފައިވަނީ ކޮންމެ ރެއަކުވެސް އެކި މަރުކަޒުތަކުން އެކި އަދަދުތަކަށް ޓޯކަން ދޫކުރުމަށެވެ.

ތިރީގައި މި ހިމަނާލަނީ މަސްދަޅު ކޭސް ދޫކުރާ ތަންތަނާއި ދޫކުރާ ޓޯކެންތަކުގެ އަދަދެވެ.

1- މިފްކޯ މައި އިމާރާތް - 200 ޓޯކަން

2- އެމްޓީސީސީ ސޯމިލް - 200 ޓޯކަން

3- ހެންވޭރު ދަނޑު - 100 ޓޯކަން

4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން

5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން

6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން

7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން

8- ސޯޝަލް ސެންޓަރު - 100 ޓޯކަން

9- ވިލިމާލެ، ވެމްކޯ ސައިޓް - 100 ޓޯކަން

10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް - 100 ޓޯކަން

11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން

12- ހުޅުމާލެ ހިޔާ ޓަވަރު 10 - 100 ޓޯކަން

13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް - 100 ޓޯކަން

ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަ ކުރެވެންދެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން