މާލޭގައި ކެފޭތަކުން ކެއުމަށް ފަހު ތަކުރާރުކޮށް ފައިސާ ނުދައްކާ މީހާ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އދ. މާމިނގިލި/ ހަނދުވަރުދޭގޭ، ޔާޝިން ރަޝީދު (23އ.) އެންމެ ފުރަތަމަ ހައްޔަރުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ފަހަރު އޭނާ 10 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ފަހު ފަހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ނަމަވެސް ފުލުހުން ބުނީ ޔާޝިން އަނެއްކާވެސް ބުރުޒު މަގުގައި ހުންނަ ކެފޭއަކުން ފައިސާ ނުދައްކާތީ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ އަނެއްކާވެސް ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ޔާޝިންގެ އާއިލާއިން ބުނާ ގޮތުން އޭނާއަކީ ކެފޭތަކުން ކެއުމަށް ފަހު ތަކުރާރުކޮށް ފައިސާ ނުދައްކާ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން