ފުލުސް ކާރުގައި ސައިކަލު ޖެހި ހިނގި އެކްސިޑެންޓް
ފުލުސް ކާރުގައި ސައިކަލު ޖެހި ހިނގި އެކްސިޑެންޓް
މިދިޔަ ޑިސެމްބަރު މަހު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އާއިލާއިން ބުނެފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ހާދިސާގައި އަނިޔާވި 19 އަހަރުގެ ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ އަދި އައިޖީއެމްޗްގައި ވެސް ފަރުވާ ދިނެވެ.

އަނިޔާވި ޒުވާނާގެ އާއިލާ މީހަކު "ރަސް"އަށް މައުލޫމާތު ދެމުން ބުނީ ޒުވާނާ އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

"މިހާރު ފަރުވާ ދެމުން ދަނީ އަމްރިތާ ހޮސްޕިޓަލުގައި، އަދިވެސް ހޭ ނާރާ، އެކަމަކު ވެންޓިލޭޓަރުން ނެގިތާ ވަރަށް ދުވަސްވެއްޖެ. ހަށިގަނޑު ހަރަކާތްކުރޭ އެކަމަކު. ލޮލެއް ނުހުޅުވޭ. މިހާރު ދެން އަނެއްކާވެސް އެމްއާރުއައިއެއް ހަދަން މި އުޅެނީ،" އާއިލާގެ މީހާ ކިޔައިދިނެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ކުރިން ބުނީ އެކްސިޑެންޓް ހިނގީ ސައިކަލު ބާރަށް ދުއްވުމުން ކަމަށެވެ. ނަމަވެސް ފުލުހުން ކާރު އަނބުރާލަން އުޅުނުއިރު އަމަލުުކުރި ގޮތުން ފުލުހުންގެ އިިހުމާލުވެސް އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އެކްސިޑެންޓްގެ މަންޒަރު ދުށް މީހުން ހޯދަން ވެސް ފުލުހުން އިއުލާންކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން