ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ކޮންމެ ބުރާސްފަތި ދުވަހަކު ހއ. އިހަވަންދޫއިން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި އިހަވަންދޫ އިމިގްރޭޝަން އޮފީސް މިހާރު އިޚްތިޔާރު ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ހއ. އިހަވަންދޫއިން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.



އިހަވަންދޫގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރަށްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ހއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި ޚިދުމަތުގެ ސަބަބުން އެރަށުގެ ރައްޔިތުންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން