ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ފުލުހުންނަށް ހުޅުމާލޭގައި ފުލެޓް އެޅުމަށް ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުތަކާ ގުޅިގެން މިހާރު ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެތަނުގެ ސީއީއޯ އަޙްމަދު އަނީސް މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކޮށްފައިވަނީ މިރެއެވެ. އަދި އޭނާ ވަކިކުރުމަށްފަހު ކުރިން ބޯޑު ސެކްރެޓަރީ އަކަށް ހުންނެވި އިބްރާހީމް ޚަލީލާ ސީއީއޯގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އަނީސް މަގާމުން ވަކިކޮށްފައިވަނީ ފުލެޓްތަކުގެ ކޮަރަޕްޝަންގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ބަލަމުން ދަނިކޮށެވެ.
ޕޮލްކޯއިން 2013 ވަނަ އަހަރު ހިންގި އެ މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާއިރު އެ މަޝްރޫއު ހިންގަން ހަވާލުކުރި ނޫމަޑިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި އައިލެންޑް އެކްސްޕާޓްސް އިން ޕޮލްކޯގެ އޭރުގެ ވެރިންނަށް އަގުބޮޑު ކާރުފަދަ ވެހިކަލް ފަދަ ތަކެތިވެސް ދީފައިވާކަމަށް އޭސީސީން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު