މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް އިދާރާތަކުގެ މުސާރަ ކުޑަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސްގެ އެހުށައެޅުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމާފައިވަނީ، އެ މުސާރަތައް ކުޑަ ކުރަން މިވަގުތަށް ނުފެންނަ ކަމަށެވެ.
އަދި މުސާރަތައް ކުޑަ ކުރުމުގެ ބަދަލުގައި އެއްކޮށްލެވެން ހުރި ކޮމިޝަންތައް އެއްކޮށްލައިގެން ހަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް މާލިއްޔަތު ކޮމިޓީން ވަނީ ރައީސަށް ލަފާއަރުވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހާފައިވާއިރު މުސާރަތައް ކުޑަ ނުކުރަން ރައީސްއަށް ލަފާ ދޭން ފާސްވީ، 44 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އަދި މިއަދުގެ ޖަލްސާއަށް ޙާޟިރުވީ ނަމަވެސް 28 މެންބަރުން، މި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންނާއި ބޭންކްތައް ފިޔަވައި ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރަށް އުނިކުރަން ނިންމިކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.
އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ކޮމިޓީތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަތަކުން 10 ޕަސެންްޓް އުނިކުރަން އެދޭނެކަމަށް ވެސް ރައިީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު