ދާޚިލީ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލު ކޮށްފިއެވެ.
ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
މި މައްސަލާގައި މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފްތާގައި ފާސްކޮށްފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު އިހުސާނަށް ދިނުމަށެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާއިރު ޕީއެންސީން ބުނެފައިވަނީ އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށެވެ.
އެމްޑީޕީން އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި ރައްޔިތުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އިޙްސާން ވަނީ އެތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު