ދ. ކުޑަހުވަދޫ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމާއި ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އާ ހަވާލު ކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް، އަލީ ޒުހައިރެވެ.
700 ދުވަސްތެރޭ މަސައްކަތްތައް ނިންމާގޮަތަށް އާރްޑީސީއާ ހަވާލު ކުރި މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރެވިފައިނުވާ ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުން ހިމެނެއެވެ.
އަދި މި މަޝްރޫއުގެ ދަށުން ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމާއި އައުޓް ފޯލްއެއް އެޅުންވެސް ހިމެނެއެވެ.
މީގެ އިތުރުން މިހާރު ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި، 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ.
މި މަޝްރޫއަށް 87 މިލިއަނަށްވުރެ ގިނަ ރުދިޔާ ހަރަދުވެއެވެ.

ދ. ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ދ. ކުޑަހުވަދޫގައި ޤާއިމުކުރި ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް މި ކޯޕަޜޭޝަނާއި ވަނީ ހަވާލު ކުރެވިފައި.
— Road Development Corporation Ltd (@rdcmaldives) February 24, 2025
ފޮޓޯ: @presidencymv #TeamRDC pic.twitter.com/8UipXGsVv0
700 ދުވަސްތެރޭ މަސައްކަތްތައް ނިންމާގޮަތަށް އާރްޑީސީއާ ހަވާލު ކުރި މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރެވިފައިނުވާ ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުން ހިމެނެއެވެ.
އަދި މި މަޝްރޫއުގެ ދަށުން ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމާއި އައުޓް ފޯލްއެއް އެޅުންވެސް ހިމެނެއެވެ.
މީގެ އިތުރުން މިހާރު ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި، 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ 2 ޓޭންކު ބެހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން ހިމެނެއެވެ.
މި މަޝްރޫއަށް 87 މިލިއަނަށްވުރެ ގިނަ ރުދިޔާ ހަރަދުވެއެވެ.
ކިޔުންތެރިންގެ ހިޔާލު