އިބްރާހިމް ފަހީމް   24 ފެބްރުއަރީ 2025 - 21:10
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ފަރާތުން ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް އިމާރާތުގައި މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދާއި އެ ކުންފުނީގެ ޗެއަރޕާސަން ޝަމްހޫޒާ އަޙްމަދެވެ. މި ހަރަކާތުގައި ކުންފުނީގެ ސީނިއަރ މެނޭޖުމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމާއި ކައުންސިލްގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާ ކުރުމުގެ ކެމްޕޭންގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ އެންމެ މުހިންމު މަގުސަދެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީން ފާހަގަ ކޮށްފައިވަނީ، މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ލޭގެ އެހީ ހަމަޖައްސައިދިނުން ކަމަށެވެ.

އޭގެ އިތުރުން މުވައްޒަފުން ބުރަކޮށް އުޅެމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ ވެސް މި ހަރަކާތުގެ މަގުސަދެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން