ސްރީލަންކާގެ ރައީސް އަރޫނާ ކުމާރަ ދިސަނަޔަކައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ސްރީލަންކާގެ ރައީސް އަރޫނާ ކުމާރަ ދިސަނަޔަކައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ސްރީލަންކާގެ ރައީސް އަރޫނާ ކުމާރަ ދިސަނަޔަކައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއެކު މަޝްވަރާތަކެއް ބާއްވަވައިފި އެވެ.

ލަންކާގެ ރައީސް މިއަދު އެކްސްގައި ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ދިޔައީ އެ ގައުމުގެ ރައީސްގެ އޮފީހުގައި ކަމަށެވެ.

އަދި ލަންކާގެ މިހާރުގެ ސަރުކާރުން އިންތިހާބުގައި ހޯދި ކާމިޔާބީއަށާއި ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް މަރުހަބާ ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއާއި ލަންކާގެ 60 އަހަރުވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް މަޝްވަރާ ކުރެވުނު. އަދި ލަންކާއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް އަޅުގަނޑު ފާހަގަ ކުރިން." ލަންކާގެ ރައީސް ވިދާޅުވި އެވެ.

ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ވަނީ ލަންކާގެ ރައީސާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ލަންކާގެ ރައީސް ވިދާޅުވީ ދެ ގައުމުގެ ވެސް ކުރިއެރުމާއި ފާގަތިކަމަށްޓަކައި ދެ ގައުމުގެ ގުޅުން ކުރިއަށްއޮތްތަނުގައިވެސް ބަދަހިކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން