މިއަހަރުގެ ރޯދަމަހު ކަރަންޓު ބިލް ތައްޔާރުކުރާނީ ވަކިން ކަމަށާއި، ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް މަދުވެގެން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ފަރާތުން ބުނެފައިވަނީ މިދިޔަ އަހަރު ރޯދަ މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިން ނަމަވެސް އާދައިގެ މަސްތަކަށް ވުރެ ބިލު ބޮޑުވުމުން ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކޮށްފައިވާ ކަަމަށެވެ.
އެހެންކަމުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހާއި ރޯދައިގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ކަރަންޓުން ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ 1 އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން އެންމެ މަދުވެގެން ދިހަ ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވާއިރު މިއަހަރު ވެސް ރަަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ރޯދަމަހުވެސް ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީން ފެނާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު