ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ބައެއް ކަހަލަ މަޝްރޫއުތަކަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭން ހިންގާ މަޝްރޫއުތަކެއްނަމަ އެ މަޝްރޫއުތައް ހަވާލު ކުރުމުގައި ބިޑް ޕްރޮސަސް ކުރިއަށް ގެންދަން ނުޖެހޭގޮތަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށްފިއެވެ.

ބިޑަކާ ނުލައި ބައެއް ކަހަލަ މަޝްރޫއުތައް ހަވާލު ކުރެވޭގޮތް ކުރިން ވެސް މާލިއްޔަތު ގަވާއިދުގައި ފަހިކޮށްދީފައި އޮވެއެވެ. އެގޮތުން ކުއްލި ހާލަތުގައި ބައެއްކަހަލަ މަޝްރޫއުތައް ހަވާލުކުރުމާއި، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ވެސް ބިޑުނުކޮށް ކަންކަން ހަވާލު ކުރެވޭގޮތަށް ދައުލަތުގެ އޮފީސްތަކަށް އެ ބާރު ދީފައި އޮވެއެވެ. ނަމަވެސް، މީގެ ކުރިން ވަޒީރަށް އެ ބާރު ދީފައެއް ނޯވެއެވެ.

މާލިއްޔަތު ގަވާއިދު އިސްލާހުކޮށް ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ގޮތުން، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ގެންދެވިދާނެއެވެ.

މި އިސްލާހު މިގޮތަށް ގެނެސް މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އަމަލުކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން