ސޫދާންގެ އަސްކަރީ ފްލައިޓެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސޫދާނުގެ ވެރި ރަށް ޚާރްޠޫމް ސްޓޭޓްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އޮމްދުރްމާން ގައި އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.
މި ފްލައިޓު ވެއްޓިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށްވީއިރު، ފްލައިޓު ވެއްޓިފައި ވަނީ ސެއިޑްނާ އެއާ ބޭސް ކައިރިން އޮމްދުރުމަންގައި ހުންނަ ސިފައިންގެ އެންމެ ބޮޑު އެއް އަސްކަރީ ހަބް ކައިރިއަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ހާދިސާގައި މިހާތަނަށް 46 މީހުން ވަނީ މަރުވެފައެވެ. އަދި މިއަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ހާދިސާ ދިމާވުމާއެކު މަރުވި މީހުންނާއި ފްލައިޓު ވެއްޓުނު އިރު ބިންމަތީގައި ތިއްބާ ޒަހަމްވި މީހުން ވަނީ އޮމްދުރުމާންގެ އަލް ނައޯ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޒަހަމްވި ފަރާތްތަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފްލައިޓު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައިވާ ބައެއް ގެތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ފްލައިޓު ވެއްޓުމުން ބާރު ގޮވުމެއް ގޮވި ކަމަށާއި އެކަމުގެ ސަބަބުން ވަށައިގެންވާ ބައެއް އަވަށްތަކުން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު