އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ގޯލްޑް ކާޑު ޕްރޮގްރާމް- ފޮޓޯ: ގޫގުލް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ގޯލްޑް ކާޑު ޕްރޮގްރާމް- ފޮޓޯ: ގޫގުލް
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މިދިޔަ އަންގާރަ ދުވަހު އާ ވިސާ ޕްރޮގްރާމެއް ތައާރަފް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓްރަމްޕުގެ "ގޯލްޑް ކާޑު" ވިސާ ޕްރޮގްރާމު ވާނީ ދުނިޔޭގެ އެންމެ އަގުބޮޑު ވިސާ ޕްރޮގްރާމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މަދުވެގެން 5 މިލިއަން ޑޮލަރު އެމެރިކާގައި އިންވެސްޓްކުރާ ފަރާތްތަކަށް ވަގުތުން އެގައުމުގެ ރަށްވެހިކަން ލިބޭ "ގްރީން ކާޑު" ލިބޭނެއެވެ. އަދި މިހާރު އޮންނަ ގޮތާ ހިލާފަށް ތިން އަހަރު ތެރޭގައި އެގައުމުގެ ދާއިމީ ރަށްވެހިކަމަށް ކުރިމަތި ލުމުގެ ފުރުސަތުވެސް އެފަރާތްތަކަށް ލިބޭނެއެވެ. މިހާރު އޮންނަ ގޮތުންނަމަ، އެމެރިކާގެ ދާއިމީ ރަށްވެެހިކަމަށް ކުރިމަތިލެވޭނީ އެގައުމުގައި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން މި ގޯލްޑް ކާޑު އޮންނަ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ހާއްސަ ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ޕްރޮގްރާމަކީ އެމެރިކާގެ އިމިގްރޭޝަން ސިޔާސަތު އިސްލާހު ކުރުމުގެ ގޮތުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޓްރަމްޕުގެ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން އަހަރަކު 50 ބިލިއަން ޑޮލަރު އެމެރިކާގެ އިޤްތިޞާދަށް އިތުރުވާނެއެވެ. އަދި 100،000 އާ ވަޒީފާ އުފެދޭނެއެވެ. މި ވިސާ ޕްރޮގްރާމު ވަރަށް އަވަހަށް ފަށާނެ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސަރުކާރުން މިހެން ބުނި ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ޕްރޮގްރާމަކީ ހަމައެކަނި މުއްސަނދިންނަށް ފައިދާވާ ގޮތަށް ހެދިފައިވާ ސިޔާސަތެކެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާގެ އިމިގްރޭޝަން ނިޒާމު އިތުރަށް ހަލާކުވެ، މި ޕްރޮގްރާމުގެ ސަބަބުން ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން