ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލަށްވައިފިއެވެ.
ރައީސް ޞާލިޙް މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިއަދު ފެނިގެން މިދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ.
ހަމައެއާއެކު މިއީ މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު، ހުތުރު ޢަމަލުތަކެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ސަރުކާރުގެ އެ ޢަމަލުތައް ހުއްޓާލުމަށާއި، ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ދައުލަތުގެ ވެރިންނަށް ރައީސް ޞާލިޙް ވަނީ ގޮވާލައްވާފައެވެ.
“އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ޙައްޤުތަކާއި، ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން.” ރައީސް ޞާލިހް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ޞާލިޙް ވަނީ ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ކޯޓުތަކުގެ ޤާނޫނު އިސްލާޙުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 ފަނޑިޔާރުންނަށް މަދު ކޮށްފައެވެ.
ހަމައެއާއެކު ޖޭއެސްސީން އިއްޔެ ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.

މިއަދު މި ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި, ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު, ހުތުރު ޢަމަލުތަކެއް.…
— Ibrahim Mohamed Solih (@ibusolih) February 27, 2025
އޭގެއިތުރުން ރައީސް ޞާލިޙް ވަނީ ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ކޯޓުތަކުގެ ޤާނޫނު އިސްލާޙުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 ފަނޑިޔާރުންނަށް މަދު ކޮށްފައެވެ.
ހަމައެއާއެކު ޖޭއެސްސީން އިއްޔެ ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު