ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެ ޓީމަށް މަރުހަބާ ވިދާޅުވަމުން ރައީސް ވަނީ މި މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ގައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލްމެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުން ކަމަށެވެ.
އަދި މިއީ މި މުބާރާތުގައި ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް އޮފީހުން ފާހަގަކޮށްފައި ވެއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ގައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.

3 ވަނަ 'ސާބާ އަންހެން ބާސްކެޓް ބޯޅަ' މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް މަރުޙަބާ ދަންނަވަން.
— Dr Mohamed Muizzu (@MMuizzu) February 27, 2025
އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މި މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި… pic.twitter.com/BIeaCfsb7f
ރައީސް އޮފީހުން ބުނީ މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލްމެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުން ކަމަށެވެ.
އަދި މިއީ މި މުބާރާތުގައި ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް އޮފީހުން ފާހަގަކޮށްފައި ވެއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ގައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ހިޔާލު