އޮޅުހިޔާއަށް ބުޅާތައް ގެންދަނީ--
އޮޅުހިޔާއަށް ބުޅާތައް ގެންދަނީ--
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލްއިން ގާއިމުކުރި ޕެޓް ކެއާ ފެސިލިޓީ، "އޮޅުހިޔާ" އަށް އެންމެ ފަހުން ބުޅާތައް ގެންދަން ފަށައިފި އެވެ.

އޮޅުހިޔާ ހުޅުވީ މިދިޔަ ނޮވެންބަރު މަހު އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބުޅާތައް އެ ފެސިލިޓީއަށް ބަދަލުކުރަން މިދިޔަ ޑިސެންބަރު މަހު މާލޭ ސިޓީ ކައުންސިލުން މަސައްކަތްކުރި އެވެ.

އެހެން ނަމަވެސް އެ ފެސިލިޓީގައި ކަންކަން ފުރިިހަމަ ނުވާކަމަށް ބުނެ އެކަން ނުކުރަން އެނިމަލް މިނިސްޓްރީން އެންގުމަށް ފަހު އެތަން ސީދާ މީނިސްޓްރީއާ ހަވާލުކުރަން ވެސް ފަހުން އެންގި އެވެ. އަދި ދުވަސްތަކަކަށް ފަހު އިއްޔެ މިނިސްޓްރީން ވަނީ އެ ފެސިލިޓީއާ ހަވާލުވެފަ އެވެ.

އެނިމަލް މިނިސްޓްރީން މިއަދު އެކްސްގައި ބުނީ "އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އެ މިނިސްޓްރީގެ ޓީމުން ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް 15 ބުޅާ އޮޅުހިޔާއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން އޮޅުހިޔާ މިނިސްޓްރީއާ ހަވާލުކުރީ އެތަން ހަދަން ހޭދަވި ހަރަދު ދޭ ގޮތަށެވެ.

އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން