ރޯދަމަހާއި ގުޅިގެން އަންނަ އޭޕްރީލް މަހު ފޮނުވާ ފެންބިލުން 10 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
ރޯދަ މަހު ފެނާއި ކަރަންޓުން ޑިސްކައުންޓް ދިނުމަށް ނިންމަވައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަން ހާމަކުރަށްވާފައެވެ.
އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް އާންމު މަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން ވަކި އުސޫލަކާ އެއްގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން "އާންމު މަހެއްގައި" ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ، މިދިޔަ އަހަރުގެ ފެބްރުއަރީ، މާޗް އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށް ކަމަށް އެމްޑަބްލިއުއެސްސީން އިން ބުނެއެވެ.
އަދި ކަނޑައެޅޭ "އާންމު މަހުގެ" ބިލުގެ މިންވަރަށް ވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބިލު ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން އުނިކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެެ. މީގެ އިތުރުން އުނިކޮށްދެވޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަމުގައިވާ ނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
އަދި އެޕްރީލު މަހު ފޮނުވާ ބިލު "އާންމު މަހުގެ" ބިލަށް ވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށާއި އެޕްރީލް މަހުގައި އަލަށް ބިލު ކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓާ ކުރެވިފައި ވިނަމަވެސް، މިހާތަނަށް ތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހު ފޮނުވާ ބިލު ކަމުގައިވާ ނަމަ، އެފަދަ ފަރާތްތަކަށް ވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ކަސްޓަމަ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު