ފަލަސްޠީނުގެ މުސްލިމުންނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ އުންމަތަށް އިލްތިމާސް ކުރަށްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި ފޮނުއްވި މެސެޖުގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނީ އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ، މި މައްސަރަކީ ރޫޙު އާލާކޮށް މުރާޖަޢާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް އަޤީދާ ހަރުދަނާކުރުމުގެ މައްސަރުކަން ފާހަގަ ކުރަށްވާފައި ކަމަށެވެ.
“މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް ރައީސް އިލްތިމާސްކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި މުސްތަޤިއްލުކަން ހޯދުމަށް ފަލަސްޠީނުން ކުރާ މަސައްކަތަށް ޢަދުލުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަށަވަރު ކޮށްދެއްވުމަށް ރައީސްގެ މެސެޖުގައި އިސްލާމީ އުންމަތަށް ގޮވާލެއްވި ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު