ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދެކުނުގެ ހިސާބުތަކުގެ މޫސުން ގޯސްވެ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ މިރޭ 18:30 އާއި ހަމައަށެވެ.

ސަމާލު ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން