ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި ފެން ބޮޑުވެފައިވާތީ މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަހަރާގައި ކޮނުނު ވަޅުގައި މިވަގުތު އިންޗިއާއި 9 އަށް ފެން ހުރުމުން މިވަގުތު ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށެވެ.
އަދި މި ސަބަބާހުރެ މިއަދު މަޣްރިބް ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކޮށްފައި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ވިއްސާރަ ދުވަސްވަރާ ދިމާކޮށް ހުޅުމާލެ ސަހަރާގައި ފެން ހިނދުން ލަސްވުމުގެ ސަބަބުން މީގެ ކުރިންވެސް މީހުން ވަޅުލުން މެދުކަނޑާލަން ޖެހެއެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމަށް ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.

މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތެވެ. ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން.
— Malé City Council (@MaleCitymv) March 2, 2025
މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު… pic.twitter.com/2bGeHsO4cv
ވިއްސާރަ ދުވަސްވަރާ ދިމާކޮށް ހުޅުމާލެ ސަހަރާގައި ފެން ހިނދުން ލަސްވުމުގެ ސަބަބުން މީގެ ކުރިންވެސް މީހުން ވަޅުލުން މެދުކަނޑާލަން ޖެހެއެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމަށް ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު