މިހިނގާ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ކަރަންޓާއި ފެން ބިލަށް ސަރުކާރުން ދޭން ނިންމި ޑިސްކައުންޓަށް 160 މިލިއަން ރުފިޔާ ހޭދަވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެ ހިދުމަތްތައް ދޭ ސްޓެލްކޯ އާއި ފެނަކަ އިން ވެސް ވަނީ އެކަމުގެ ތައްޔާރީތައްވެފަ އެވެ. އެގޮތުން ޑިސްކައުންޓް ދޭނެ އުސޫލުތައް ދެ ކުންފުނިން ވެސް ވަނީ އާންމުކޮށްފަ އެވެ.
ބިލްތަކަށް ޑިސްކައުންޓު ދޭން ނިންމުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރޯދަ މަހަކީ އާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހެއް ކަމަށެވެ.
މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރައީސްގެ ވަޢުދާ އެއްގޮތަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާނެ ކަމަށް މުއާވިޔަތު ވިދާޅުވި އެވެ.
ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން ދިހައެއް އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނެވެ. އެ ފަހަރު މިކަމަށް 130 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު