ޣައްޒާއަށް ފޯރުކޮށްދޭ އެހީތައް ހުއްޓާލުމަށް އިސްރާއީލުން ނިންމުމުން ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ޣައްޒާއަށް ހިއުމެނިޓޭރިއަން އެއިޑް އެތެރެވުން ހުއްޓާލުމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކާ ހިލާފު އަމަލެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށް ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރާއްޖެއިން ގޮވާލާފައި ވެއެވެ.
ރާއްޖެއިން ދެކޭގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ޞުލްޙަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމް ކުރެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު