ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިޢުފާ ދެއްވާފައިވާއިރު އިސްތިޢުފާގެ ސިޓީ މީސް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ. އެ ސިޓީގައި ސަރުކާރުން އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ ކަމަށް ސުޢޫދު ވަނީ ތުހުމަތު ކުރަށްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް މިއަދުގެ ތާރީޚުގައި ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފައިވާ ކަމަށާއި އަދި އެ ކޯޓުގެ ބެންޗުގެ އަދަދު މަދު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައި ބިލު ފާސްކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަމުން އަންނަ ކަމަށްވެސް ސުއޫދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުއްވަނީ ރައީސް ޑރ. މުއިއްޒު ކަމަށާއި މަޤާމުން އިސްތިއުފާ ދެއްވީ އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިއުފާ ދެއްވާފައި ވާއިރު ސުޢޫދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އަދި ސުއޫދު މިވަގުތު ހުންނެވީ ވެސް ސަސްޕެންޑު ކޮށްފައެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީން ވަނީ ސަސްޕެންޑު ކޮށްފައެވެ. އެ ދެ ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު