ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު އެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 11 މެމްބަރުން ނެވެ. ނުފެންނަކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޝަމްހީދު ހުށަހެޅުއްވި މައްސަލައިގައި ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރަން ބިލެއް ފާސްކުރުމަކީ ސަރުކާރުން ހިންގަމުންދާ ހުދުމުހުތާރު އަމަލެއްކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ކުއްލި މައްސަލައެއް މިއަދު ހުށަހެޅި އިރު ސަރުކާރުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން