ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައި މިއަދު ޢާއްމު ކުރެއްވި ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާކަމަށް އެ ކޮމިޝަނުން ހާމަކުރުމާ ގުޅިގެން ޖޭއެސްސީގެ ރައީސަށް އެޑްރެސް ކުރަށްވައި އެކޮމިޝަނަށް ސިޓީ ފޮނުއްވައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނާ ސިޓީ ވަނީ މީސްމީޑިއާގައި ޢާއްމުވެފައެވެ. އެހެން ނަމަވެސް އެ ސިޓީ ޖޭއެސްސީގެ ރައީސް އަށް ލިބިވަޑައިގެންފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ސުޢޫދަށް ތުހުމަތު ކުރެވޭ މައްސަލަތަކާބެހޭ ބައްދަލުވުމެއް ޖޭއެސްސީން މިއަދު މެންދުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މިއަދު މެންދުރު ފަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސުއޫދުގެ އިސްތިއުފާ ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާތީ އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ކުރިއަށް ގެންދިއުމަށެވެ. އަދި އޭނާގެ އިސްތިއުފާ ބަލައިނުގަތުމަށްވެސް ނިންމާފައިވެއެވެ.
އެހެންކަމުން ސުޢޫދު ވަނީ ޖޭއެސްސީގެ ރައީސަށް އެޑްރެސްކުރައްވައި އިސްތިޢުފާގެ ސިޓީ ޖޭއެސްސީއަށްވެސް ފޮނުއްވާފައެވެ. އަދި ކުރިން ރައީސް ޑރ. މުޢިއްޒަށް ފޮނުއްވި ސިޓީގެ ކޮޕީވެސް އެސިޓީއާ އެއްކަރުދާސް ކުރަށްވާފައިވެއެވެ.
ސުޢޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުއްވާފައިވާއިރު ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައިވާ ގޮތުން ސުޢޫދަށް ތުހުމަތު ކުރެވޭ 04 މައްސަލައެއްގައި އެ ކޮމިޝަންގެ މައްސަލަބަލާ ކޮމިޓީން ނިންމަވާފައިވާ ނިންމެވުންތަކުގެ ރިޕޯޓްތައް މިއަދުގެ ބައްދަލުވުމަށް އޮތީ ތާވަލު ކޮށްފައެވެ.
ޖޭއެސްސީން ބަލާފައިވާ ސުޢޫދުގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ކޯޓުގެ ޙުރުމަތް ކަނޑައިގެން ކުރި ޙުކުމް ސުޢޫދު ގިނިކަންޏާ ބާތިލުކުރެއްވިކަމަށް ބުނާ މައްސަލަ ހިމެނެއެވެ.
ހަމައެއާއެކު ސުޢޫދުގެ ޢާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމްކޯޓުގެ ބެންޗްގެ އިސްފަނޑިޔާރަކަށް ސުޢޫދު އިންނަވައިގެން ބެއްލެވި ކަމަށް ބުނާ މައްސަލައާއި ސުޢޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުޢޫދު ފަނޑިޔާރެއްގެ ޙައިސިއްޔަތުން ބެއްލެވި ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.
އޭގެ އިތުރުން ޢިލްމީ ބޭނުމަށް ސުޢޫދު ލިޔުއްވާފައިވާ ފޮތެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރެއްވި ހައިކޯޓުގެ ޤަޟިއްޔާ އަކާއި ގުޅޭ އަސްލު މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށައެޅުމުން ފޮތުގައި ސުޢޫދު ދެއްވާފައިވާ ރަޢުޔާ އެއްގޮތް ރަޢުޔެއް ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެންވެސް ނެރުއްވި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.
ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީން ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީންވެސް މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު