ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި، ފޮޓޯ: ކަސްޓަމްސް
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި، ފޮޓޯ: ކަސްޓަމްސް
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހު 4 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.

ކަަސްޓަމުން ހާމަކުރިގޮތުގައި މިތަކެތީގެ ބަރުދަނުގައި ޖުމްލަ 1070 ގުރާމު ހުއްޓެވެ.



މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ކަސްޓަމުން ހާމަ ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން